އިންޑިއާގެ ސުމޭކް ވެށްޓަކީ މުސްތަގްބަލެއް އޮތް ކުރިއަރަމުންދާ ވެށްޓެއްކަމަށް ވިދާޅުވަމުން އިންޑިއާގައި އިންވެސްޓް ކުރުމަށް ދުނިޔޭގެ ކުންފުނިތަކަށް އިންޑިއާގެ ބޮޑު ވަޒީރު ގޮވައިލައްވައިފިއެވެ. ނަރެންދްރަ މޮދީ ވާހަކަ ދެއްކެވީ، ޔޫރަޕްގެ އެންމެ ބޮޑު ޑިޖިޓަލް ސްޓާޓް އަޕް އިވެންޓް ވިވާޓެކްގައެވެ. މިއީ ޕެރިހުގައި މީޑިއާ ކުންފުނިތަކެއް ގުޅިގެން ބާއްވާ އަހަރީ ބައްދަލުވުމެކެވެ.
ދުނިޔޭގެ ސުމޭކް ވާސައަށް އިންޑިއާއަށް ފަހިކޮށްދެވޭނެ ފުރުސަތުތަކާ ބެހޭ ގޮތުން އޭނާ ވާހަކަ ދެއްކެވިއެވެ. އިންޑިއާއަކީ، އުފެއްދުންތެރިކަމާއި ސިނާއީ ފުރުސަތުތަކެއް އޮތް ތަނެއް ކަމަށް ވިދާޅުވެ އިންވެސްޓްމެންޓަށް އޭނާ ދައުވަތު ދެއްވިއެވެ. މޮދީ ވިދާޅުވިއެވެ.
· އިންޑިއާއަކީ އަލަށް ޑިޖިޓަލް އުފެއްދުމުގެ ދާއިރާއަށް ނިކުންނަ ޒުވާން އެތައް ކުންފުންޏެއްގެ މަރުކަޒެވެ.
· އިންޑިއާއަށް މި ރޮނގުން ފަހިކޮށްދެވޭނެ ފަސްކަމެއް އޭނާ ފާހަގަ ކޮށް ދެއްކެވިއެވެ. އެގޮތުން، އުފެއްދުންތެރި ޒުވާން ފަންނީ ހުނަރުވެރިންނާއި، މަސައްކަތް ފެށުމަށް ބޭނުންވާ ރައުސްމާލާއި، މުދާ ގަންނާނެ ކަސްޓަމަރުންތަކަކާއި ސުމޭކް ވާސާއަކާއި ހުޅުވިފައިވާ ސަގާފަތެއް އިންޑިއާގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
· އިންޑިއާގައި އިންޓަރނެޓް ބޭނުންކުރާ 775 މިލިއަން މީހުން ތިބި ކަމަށާއި 1.18 ބިލިއަން މޮބައިލް ފޯން ގެންގުޅޭ ކަމަށާއި ފުޅާ ދާއިރާއެއްގައި ޑޭޓާ ބޭނުން ކުރާ ކަމަށާއި އަދި އެންމެ ޑޭޓާ އަގުހެޔޮ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.