ތެޔޮ ބަރުކޮށްގެން ދަތުރި އެސްޓީއޯގެ އެމްވީ އަލިހުރަސް ބޯޓު ފަރެސްމާތޮޑާ ކައިރިން ދިޔަވަމުންދާތީ ސިފައިން އެހީތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ބޯޓުގައި 4322.735 ކިލޯ ލީޓަރުގެ ޑީސެލާއި 456.514 ކިލޯލީޓަރުގެ ޕެޓްރޯލް ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. 17 ދިވެހީންނާއެކު ދަތުރު ކުރަމުން އައި އެބޯޓު ދިޔަވަމުން މިހާރުވަނީ ސިފައިންގެ މަސައްކަތުން ކޮންޓްރޯލް ކުރެވިފައެވެ. އިތުރު ގެއްލުމެއް އެބޯޓަށް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމުން ދަނީ ކުރަމުންނެވެ. ޑައިވަރުންގެ ޓީމުން ވަނީ ދިޔަވަމުންދާ ތަން ދަނެގެންފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާވީ މި މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު ފަހު 3:10 އެހައިކަންހާއިރު ކަމަށެވެ.