ހުޅުމާލޭގައި ކުރިއަށްގެންދާ ދަނޑުވެރިކަމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ހުޅުވާލައިފިއެވެ.

"ކޮމިއުނިޓީ އަރބަން ފަރމިންގ" ޕްރޮޖެކްޓް ގެ ނަމުގައި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ދަށުން 16 ފަރާތަކަށް 600 އަކަފޫޓު ދޫކުރެވިގެންދާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެޗްޑީސީން ކަނދައަޅާފައިވާ އުސޫލުގެ ދަށުން ޕްރޮޖެކްޓްގައި ބައިވެރިވުމަށް އެދި ހުށައެޅޭނީ 3 މީހުންގެ ގްރޫޕްހަދައިގެން ނެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ "ނެއިބަހުޑް 3" ސަރަޙައްދުގައެވެ.

ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ގްރޫޕަކަށް 600 އަކަފޫޓުގެ ބިމާއި، ފުރަތަމަ ހަމަ ސްދުވަހަށް ބަހާލައިގެން 25 ކިލޯގެ 25 ބަސްތާ ގަސްކާނާ ކޮންމެ ޕްލޮޓަކަށް ދިނުމާއި، 3 މަހު ފެނާއި ކަރަންޓުގެ ޚަރަދަށް ހޭދަކުރުމަށް 500ރުފިޔާގެ އެލަވަންސެއްވެސް ދޭނެކަމަށް އެޗްޑީސީން ބުނެއެވެ.

ކޮމިއުނިޓީ އަރބަން ފަރމިންގް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި ފުރުޞަތު މިމަހުގެ 29 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. 18އަހަރުން މަތީގެ، ހުޅުމާލޭގައި ދިރިއުޅޭ ކޮންމެ ތިންމީހަކަށްވެސް ގުރޫޕްހަދައި ޖާގައަށް އެދި ފޯމް ހުށަހެޅޭއިރު ކޮންމެ ގްރޫޕަކުން ހުށައެޅޭނީ އެއް ފޯމު ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު ފުރަތަމަ ފިޔަވަހީގެ ތިންމަސް ދުވަހު އެއްވެސް ފީއެއް ނުނަގާނެކަމަށް އެޗްޑީސީން ބުނެއެވެ. އަދި ހަތަރުވަނަ މަހުން(ދެވަނަ ފިޔަވަހި) ފެށިގެން 3މަސްދުވަހުގެ މުއްދަތަށް ކޮންމެ ޕްލޮޓަކުން މަހަކު 1275ރުފިޔާގެ ފީއެއް ދައްކަންޖެހޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. އެއަށްފަހު 7 ވަނަ މަހުން ފެށިގެން ކޮންމެ މަހަކު ޕްލޮޓަކަށް 2500ރުފިޔާ ފީއެއް ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އަދި އެސަރަހައްދުގައި ގަސްކާނާ އާއި ދައެޗްޑީސިން ބުނީ މި ޕްރޮގްރާމް ގެ ދަށުން %40 ޚާއްސަކޮށްފައި ވަނީ އަންހެނުން ކަމަށާ ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން، އަދި އާއްމުކޮށް ހުޅުވާލައިގެން ކޮންމެ ކެޓެގެރީއަކަށް %30 އިން ސައްތަ ހާއްސަ ކުރެވިފައިވާނެ ކަމަށް އެޗްޑީސީން މައުލުމާތުދެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބައިވެރިންނަށް ފަސޭހަ ކޮށް ދިނުމުގެ ގޮތުން ދަނޑުވެރިކަމަށް ބޭނުންވާ އާލާތްތައް ގަނެވޭ ފިހާރައެއް އަދި މަސައްކަތްކުރަން ބޭނުންކުރާ ސާމާނު ރައްކާކުރާ ޓޫލް ޝެޑާއި، އާއްމު ފާޚާނަ ބަރިއާއި، މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ކުޑަ ޕާކަކާއި، ސެކިއުރީ ބެލެހެއްޓުމުގެ ޚިދުމަތް އެސަރަހައްދުން ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

"ކޮމިއުނިޓީ އަރބަން ފަރމިންގ" ޕްރޮޖެކްޓަކީ އެޗްޑީސީއާއި ޔޫއެންޑީޕީ އާއި އެގްރިކަލްޗަރ މިނިސްޓްރީ އަދި އިކޮނޮ،މިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު މަޤުސަދަކީ ރަށުގައި ތިބެގެން މަންފާ ހޯދޭނެ މަގު ފަހިކޮށްދިނުމެވެ.