އައްޑޫސިޓީ ހިތަދޫން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު 100 އިން މައްޗަށް އަރައިފި އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިއަދުގެ ހަވީރު 18:00 އާއި ހަމައަށް އެސިޓީގެ ހިތަދޫން 16 މީހަކު އަލަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އަދި މިއީ ހުސް ދިވެހިން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި 10 ސާމްޕަލަކާއި ރެންޑަމްކޮށް ނެގި ހަތަރު ސާމްޕަލާއި ފްލޫ ކްލިނިކަށް ދެއްކި ދެ މީހެއް ކަމަށް ވެސް އޭއީއެޗް އިން ބުނެފައި ވެއެވެ.
މިއާއެކު ޖުމްލަ 110 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.
އެ ސިޓީން 305 މީހުން މިހާތަނަށް ކޮވިޑުން ފަސޭހަވެފައި ވެއެވެ. އަދި މަރުވެފައިވަނީ 3 މީހުން ނެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 2 މީހުންނަށް ފަރުވާ ދެމުން އެބައާދެ އެވެ.