ދުނިޔޭގެ ބާޒާރުގައި އަގު އުފުލި، އެސްޓީއޯއިންވެސް ތެލުގެ އަގަށް ބަދަލު ގެނެސްފައިވާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯއިން ހޮނިހިރު ދުވަހުގެ ރޭ ބުނެފި އެވެ.

"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، މި ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި 20 ޖޫން 2021 ން ފެށިގެން މި ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައުމަށްވަނީ ނިންމިފަ" އެސްޓީއޯ އިން ބުންޏެވެ.

އަގަށް ގެނެވުނު ބަދަލާ ގުޅިގެން އެސްޓީއޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.

ބަދަލާއެކު ޑީސަލް ލިޓަރަކުން 0.93 (ނުވަދިހަ ތިނެއް) ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.89 (އަށްޑިހަ ނުވައެއް) ލާރި އިތުރުވެގެންދާނެއެވެ.

މި ބަދަލާއެކު ޑީސަލް ލިޓަރެއްގެ އަގަކީ 10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އަދި ޕެޓްރޯލް ލިޓަރެއްގެ އަގަކީ 9.74 (ނުވަ ރުފިޔާ ހަތްދިހަ ހަތަރު ލާރި) އެވެ.

ތެލުގެ އަގަށް ގެނައި ބަދަލާއެކު އާދީއްތަ ދުވަހުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކަމުންދާނީ 9.74 (ނުވަ ރުފިޔާ ހަތްދިހަ ހަތަރުލާރި) އަށެވެ.

އެސްޓީއޯއިން ތެލުގެ އަގަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މާރިޗު މަހުއެވެ.