ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.

ނިއު ޔޯކަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނު އެެވެ.

މިމަހުގެ 7 ވަނަ ދުވަހު އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން, މިނިސްޓަރ ޝާހިދު ވަނީ އެކި ޤައުމުތަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ދާއިމީ މަންދޫބުންނާއި ބައްދަލުކުރައްވަފައިފައެވެ. އޭގެއިތުރުން މިނިސްޓަރ ޝާހިދު އިއްޔެ ވަނީ އަބޫދާބީގައި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިޚު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާނާ ވެސް ބައްދަލު ކުރައްވާފައެވެ.

އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ރަލްމައިއާ ވާދަކުރައްވާ، މިނިސްޓަރ ޝާހިދު އދ. ގެ ރިޔާސަތަށް ހޮވިވަޑައިގަތީ 143 ވޯޓުގެ އަގުލަބިއްޔަތަކުންނެވެ.