މާލޭ ގުދަނެއްގެ ތެރެއިން ހަރުފައެއް ފެނިއްޖެއެވެ.
ފުލުހުން ބުނީ ގުދަނުގެ ތެރެއިން ފެނިފައިވަނީ ބޮޑު ހަރުފައެއް ކަމަށާއި މިކަން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:00 ޖަހާ އެހާކަންހާއިރު ކަމަށެވެ.
މާފަނުންގައި ހުރި ގުދަނެއްގެ ތެރެއިން ފެނުނު މި ހަރުފަ މިހާރުވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ހަރުފައަކީ ރާއްޖޭގައި އުޅޭ އެއްޗަކަށް ނުވާއިރު އެއީ ރާއްޖެ އެތެރެކުރުން މަނާއެއްޗެކެވެ.