އައްޑުސިޓީ ހިތަދޫ އިން ކޮވިޑު ގެ އިތުރު 9 ކޭސް ފެނިއްޖެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ޢާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލުން އެކަކާއި ފްލޫ ކްލިނިކަށް ދެއްކި މީހަކާއި ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި 7 މީހުން ނެވެ.

މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް އެކްޓިވް ކޭސް ގެ ގޮތުގައި ހިތަދޫއިން 117 އަދި މަރަދޫ އިން 2 ކޭސް ވަނީ ރެޖިސްޓަރ ކޮށްފަ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓުންގެ ޖުމްލަ އަދަދު ހުރީ 350 ގަ އެވެ.

އައްޑުސިޓީގެ ޖުމްލަ ކޭސްތަކުގެ ޢަދަދު 428 ގައި ހުރި އިރު، 307 މީހުން ވަނީ އެބަލިން ރަނގަޅުވެފަ އެވެ. އަދި އައްޑު ސިޓީން ކޮވިޑު ބަލީގައި 2 މީހަކު ވަނީ މަރުވެފަ އެވެ.