އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްް (އައިޖީއެމްއެޗް) ލެބޯޓްރީގެ ޚިދުމަތް އަލުން ފަށަން ނިންމާފައިފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މާދަމާއިން ފެށިގެން ލެބޯޓަރީގެ ޚިދުމަތް އަލުން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ލެބޯޓްރީން އިމަޖެންސީކޮށް ހަދާ ޓެސްޓުތައް ފިޔަވާ އެހެނިހެން ޓެސްޓުތަކަށް ޚިދުމަތް ދޭނެ ކަމަށެވެ.

މި ޚިދުމަތް އަލުން ދިނުމަށް ފަށާ އިރު، ކުރިއެކޭ ވެސް އެއްގޮތަށް ހެނދުނު 8 ން މެންދުރުފަހު 2 އާހަމައަށް މެދުނުކެނޑި ނަންބަރު ދޫކޮށް ޚިދުމަތް ދެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

2020 ފެބްރުއަރީ 29 ގައިޕީސީއާރް ޓެސްޓްކުރަން ފެށި އައިޖީއެމްއެޗް އިން ވަނީ 7 މާރޗު ގައި ރާއްޖެއިން ކޮވިޑް19ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރް ހެދުމުގެ މަސައްކަތް ފަށާފަ އެވެ.