ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ޞާލިހް ނިޔާވެއްޖެއެވެ.

ރައީސްގެ ކޮއްކޯފުޅު އަހުމަދު ޞާލިހް ނިޔާވެފައިވަނީ ކެންްސަރު ބައްޔަށް ފަރުވާ ދެމުންގެންދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ކޮއްކޮ ނިޔާވެފަައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައިއެވެ. ރައީސް ޞާލިހްގެ އެއްބަނޑު އެއްބަފާ 12 ބޭފުޅުން ތިއްބަވާއިރު އަހުމަދު ޞާލިހް އަކީ ރައީސްގެ ހަގަށް ތިއްބަވާ 8 ބޭފުޅުންގެ ތެރެއިން އެކަކެވެ.

ރައީސް ޞާލިހްގެ ކޮއްކޯފުޅު އަހަމަދު ޞާލިހް އަކީ ލޯފަން ބޭފުޅެކެވެ.