ކުރިއަށް އޮތް 5 ދުވަހުގެ ތެރޭގައި އަތޮޅުތަކަށް ޕީސީއާރް މެޝިން ފޮނުވަން ފަށާނެ ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަާ ކޮމިޓީން ބޭއްވި ދެވަނަ ބައްދަލުވުމުގަ އެވެ.

އެގޮތުން އަތޮޅުތެރެއަށް 15 ޕީސީއާރް މެޝިން ފޮނުވުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ އެ މެޝިންތަކަކީ، 8 ގަޑި އިރުގެ ތެރޭގައި 80 ސާމްޕަލް ރަން ކުރެވޭ މެޝިން ތަކެއް ކަމަށެވެ. އެހެންނަމަވެސް މި މެޝިންތައް ފޮނުވާ އަތޮޅުތަކެއް ވިދާޅެއް ނުވެ އެވެ.

ނަސީމު ވިދާޅުވީ، މިހާރަކަށް އައިސް މާލެއަށް ވުރެ އަތޮޅުތެރެއިން ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށާއި، ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ޕީސީއާރު މެޝިން ނެތް ކަމަށެވެ.