ވަރލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް މުބާރާތް ރާއްޖޭގެ ވެލިގަނޑު އައިލެންޑް ރިސޯޓުން ކާމިޔާބުކޮށްފި އެވެ.

އެމެރިކާގެ އޮންލައިން ޓްރެވަލް އޭޖެންސީ، ކިވީ އިން އިންސްޓަގްރާމުގައި އޮންލައިންކޮށް މި މުބާރާތުގައި ވެލިގަނޑު ރިސޯޓުން މި މުބާރާތް ކާމިޔާބު ކުރީ ސީޝެލްސްގެ ރިސޯޓެއް ކަމަށްވާ އެންސް ކޮކޯއާ ވާދަކޮށް ވަރަށް ކުޑަ ތަފާތަކުން ނެވެ. އަދި ފައިނަލަށް ދިޔައީ ދުނިޔޭގެ މަޝްހޫރު ބީޗް ހުރި ގައުމުތައް ކަމަށްވާ ގްރީސް އާއި ޕޯޗުގަލް ބަލި ކޮށް ފައެވެ.

އއ އަތޮޅުގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ދަށުން ހިންގާ މި ރިސޯޓް ހުޅުވާފައިވަނީ 1984 ގައެވެ.