ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި މާލެ ސަރަހައްދުން 35 މީހުންނާއެކު 253 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭ ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑި އިރު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ދެން ހިމެނެނީ އަތޮޅުތަކުން 164 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓުތަކުން 3 މީހުން ނެވެ. އަދި ތަރައްގީވަމުން އަންނަ ރަށްތަކުން 43 މީހުންނާއި އިންޑަސްޓްރިއަލް / އެހެނިހެން މަސައްކަތްތަކަށް ދޫކޮށްފައިވާ ރަށްތަކުން 8 މީހުން ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

މިއާއެކު 72،149 މީހުން ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އަދި 67،148 މީހުން ވަނީ މިބަލިން ރަނގަޅުވެފަ އެވެ.

44 މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ އިރު، 206 މީހުން ވަނީ ރާއްޖެއިން މި ބަލީގައި މަރުވެފަ އެވެ.