13 އަހަރުގެ ކުއްޖަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

އެ ކުއްޖާ ފެނިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބޭރު މޫދުން ފޮއްޓަކަށްލާފައި އޮއްވައެވެ.

ފުލުހުން ބުނީ އުމުރުން 13 އަހަރުގެ ފިރިހެންް ކުއްޖަކު ރަހީނު ކުރި މައްސަލަ، ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގައި ކަމަށެވެ. މި މައްސަލަ ހުށަހެޅުމުން، ކުއްޖާ ހޯދުމަށް ކުރި މަސައްކަތުން، މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު، އެ ކުއްޖާ މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މައުލޫމާތު ލިބިފައިވާ ފުލުހުންނަށް އެކުއްޖާ ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. އެކުއްޖާ މަރާލުމަށްފަހު އޮތީ ފޮއްޓަކަށް ލާފައިއެވެ.

ފުލުހުން ބުނީ އެމައްސަލައާއި ގުޅިގެން ދެމީހަކު ވަނީ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އުމުރުން 17 އަހަރުގެ ފިރެހެން ކުއްޖަކާއި، 23 އަހަރުގެ ފިރެހެނެކެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.