ހުޅުމާލޭގައި ރޭ މެންދަމު މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ ޕޯސްޓްމޯޓާމް ހަދަން ނިންމައިފިއެވެ.

ފުލުހުން ބުނީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ.

13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މި މަހުގެ 20 ވަނަ ދުވަހު ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާއިރު އެ ކުއްޖާ މަރާލާފައި އޮށްވާ ފެނިފައިވަނީ ރޭ ހުޅުމާލެ ފޭސް 2 ގައި މޫދުން ފޮއްޓަކަށްލާފައި އޮތްވައެވެ.

މި މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ދިވެހި ފިރިހެނެއް ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.