ގެއްލިގެން ހޯދަމުން ދިޔަ 20 އަހަރުގެ ޒުވާނާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޢުމުރުން 20 އަހަރުގެ ހދ. ކުޅުދުއްފުށި / ރިންސޯ، އަބޫބަކުރު އިބްރާހީމް ފެނުނު އިރު ހާލު ރަނގަޅު ކަމަށެވެ.

އެކަމަކު އޭނާ ފެނުނީ ކޮން އިރަކު ކޮންތާކުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޭނާގެ އެއްވެސް ޚަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނެވެ.

އަބޫބަކުރު އިބްރާހީމްގެ ޚަބަރެއް އެންމެ ފަހުން ވީ އިރު އޭނާ ދިރިއުޅެމުން ދިޔައީ ރައްޓެއްސަކާ އެކު މާލޭގައި ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.