ބޭރު ގައުމެއްގެ ޔޮޓެއް މާލެ ފަޅުތެރެއަށް ވަދެއްޖެ އެވެ.
ފުލުހުން ބުނީ މި ޔޮޓު މިއަދު 17:00 ހާއިރު ކަމަށް މާލެ ނަސަންދުރަ އާ ދިމާ ފަޅުތެރެއަށް އެ ޔޮޓު ވަދެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމްއެންޑީއެފް ކޯސްޑްގާޑުގެ ބެލުމުގެ ދަށުން މި ޔޮޓް ހުޅުމާލެއަށް ގެންދިއުމުގެ މަސައްކަތް މިހާރުކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ ޔޮޓެއް ކަމެއް، އަދި އެ ހިސާބަށް އައީ ކިހިނެއް ކޮން ގޮތަކުން ހުއްދަ ހޯދައިގެން ކަމެއް ފުލުހުން ވެސް އަދި އެމްއެންޑީއެފް އިން ވެސް ނުބުނެ އެވެ.