މާލެ ސަރަހައްދުގެ ކާފިއު ވަގުތަށް ބަދަލު ގެނެސްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ މިގޮތަށް ބަދަލު ކުރުމުން ވިޔަފާރި ކުރާ ފަރާތްތަކަށް އިތުރު ދެ ގަޑި އިރު ލިބޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ހީނަރުވަމުން އަންނަ ވިޔަފާރިތަކަށް ކުޑަނަމަވެސް ކުރި އެރުމެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކާފިއުގެ ވަގުތު ކުޑަ ކުރި ނަމަވެސް ހެނދުނު 8:00 އިން ކާފިއުގެ ވަގުތާ ހަމައަކަށް ބޭރުގައި އުޅެވޭނީ ހައުސްހޯލްޑް ޕަރމިޓާއެކުގަ އެވެ.
އެގޮތުން މިހާރު ދޫކޮށްފައިވާ ޕާމިޓްތައް ދެންވެސް ބޭނުން ކުރެވޭނެ އެވެ.