ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ 171 ނަމްބަރު ފްލެޓް ކައިރީ ހުންނަ ވަގުތީ މިސްކިތަށް މީހަކު ވަދެ، އަޑުގަދަކޮށް، އެތަނުގައި ތިބި މީހުންނަށް އުނދަގޫ ކޮށްފައިވާ ކަމަށެވެ. އަދި އެކަންތައް އެގޮތަށް ނުކުރުމަށް އެމީހާއަށް ނަސޭހަތްތެރިވި މީހަކާއާ ދެމެދު މާރާމާރީ ހިންގި މައްސަލައެއް މިރޭ 6:40 ހާއިރު ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.