މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ހުއްޓާލަން ނުނިންމާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.

އެ ކުންފުނީގެ ސްޕޯކްސް ޕަރސަން ދާނިޝް ނިޒާމް ވިދާޅުވީ ޕޯޓުގެ އޮޕަރޭޝަން ހުއްޓާލުމަށް ނިންމާފައެއް ނުވާ ކަމަށެވެ.

އެހެންނަމަވެސް، މާމިގިލީ ޕޯޓުގެ އޮޕަރޭޝަން ސްކޭލް ޑައުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެމްޕީއެލްއަށް ވަޒީފާއަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ހުޅުވާފައިވާ ކަމަށެވެ.

މާމިގިލީ ޕޯޓުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.