ދުބާއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް ސޯލިހު މިދިޔަ ހޯމަ ދުވަހު ދުބާއީ އަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމުގެ ގޮތުންނެވެ.
ރައީސް ސޯލިހުގެ ކޮއްކޯފުޅު އަހުމަދު އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެެއްގައެވެ.