އައްޑު ސިޓީ އިން އިތުރު 7 ކޭސް ފެނިއްޖެ އެވެ.

މިއަދު ޕޮޒިޓިވް ވި 7 މީހުންގެ ތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި 6 މީހުންނާއި ރެންޑަމް ސާމްޕަލް އެކަކެވެ. މިއީ ދިވެހީން ނެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ބުނީ އެކްޓިވް ކޭސްގެ ގޮތުގައި ހިތަދޫ އިން 123 ކޭސް ހުރި އިރު، މަރަދޫ 4 ކޭސް އެވެ.

އައްޑު ސިޓީގެ ޖުމްލަ ކޭސް 446 ހުރި އިރު، 317 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑު ބަލީގައި އައްޑު ސިޓީން ވަނީ 2 މީހުން މަރުވެފަ އެވެ.