ޔޫރޯގެ އެންމެ ކާމިޔާބު ގައުމަކީ ކޮބާ؟ ޔޫރޯގައި އެންމެ ގިނަ ލަނޑު ޖެހީ ކޮން ކުޅުންތެރިއެއް؟ ޔޫރޯގައި ކުޅުނު އެންމެ ދުވަސްވީ އަދި އެންމެ ހަގު ކުޅުންތެރިޔަކީ ކޮބާ؟

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ވާހަކަ ދައްކާނަމަ ކޮންމެހެން އެނގުން މުހިއްމު މައުލޫމާތު ތަކެވެ.

ޔޫރޯގެ ބައެއް މުހިއްމު މައުލޫމާތުތައް:

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ގައުމަކީ ސްޕެއިނާއި ޖަރުމަނެވެ. މިއިން ކޮންމެ ގަމަކުން ވަނީ 3 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ޖަރުމަނަށް 1980 ގެ ފަހުން ޔޫރޯ ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ދިފާއު ކުރެވުނު ހަމައެކަނި ގައުމަކީ ސްޕެއިނެވެ. ސްޕެއިނުން 2008 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކުރުމަށްފަހު 2012 ވަނަ އަހަރުގެ ފައިނަލުގައި އިޓަލީ 4-0 އިން ބަލިކޮށް ޗެމްޕިއަންކަން ދިފާއު ކުރިއެވެ.

ޔޫރޯ 2012 ކާމިޔާބު ކުރި ސްޕެއިން ގައުމީ ޓީމް.

ޔޫރޯގެ ތާރިހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ޔޫރޯގެ 5 މުބާރާތުގައި ކުޅެ 14 ލަނޑު ކާމިޔާބު ކޮށްފައެވެ. ޔޫރޯގެ އެންމެ ގިނަ މުބާރާތްތަކުގައި (5 މުބާރާތް) ކުޅުމުގެ ރެކޯޑް އޮތީވެސް ރޮނާލްޑޯ އަތުގައެވެ.

އެންމެ ގިނަ މެޗް ކުޅުނު ކުޅުންތެރިން (ކޮލިފައިން ހިމަނައިގެން)

ކްރިސްޓިއާނޯ ރޮނާލްޑޯ ، ޕޯޗުގަލް، (59 މެޗް)

ޖިއަލުންޖީ ބުފޮން ، އިޓަލީ، (58 މެޗް)

މާރިއޯ ފްރިކް ، ލީޗެސްޓެއިން، (51 މެޗް)

އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިން (ކޮލިފައިން ހިމެނޭ ގޮތަށް)

ކްރިސްޓިއާނޯ ރޮނާލްޑޯ ، ޕޯޗުގަލް (45 ލަނޑު)

ޒަލްޓާން އިބްރަހިމޮވިޗް ، ސްވިޑްން (25 ލަނޑު)

ރޮބީ ކީން ، އަޔަރލޭންޑް (23 ލަނޑު)

ރޮނާލްޑޯ، ޔޫރޯ 2016 ގެ ތައްޓާއެކު.

ޔޫރޯގެ އެއްމުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ

މައިކަލް ޕްލެޓިނީ ، ފްރާންސް (9 ލަނޑު) ޔޫރޯ 1984

އެންމެ އަވަސް ހެޓްރިކް

މައިކަލް ޕްލެޓިނީ (18 މިނެޓް ތެރޭގައި)

ޔޫރޯ 1984 (ފްރާންސް 3-2 ޔޫގޮސްލާވިޔާ)

ޔޫރޯގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ

ކެސްޕާ ކޮޒްލޮޒްކީ ، ޕޮލެންޑް (އުމުރު: 17 އަހަރާއި 246 ދުވަސް)

(ޕޮލެންޑް – ސްޕެއިން) ، ޔޫރޯ 2020

ޔޫރޯގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ

ޔޯހާން ވޮންލަންތެން ، ސްވިޓްޒަލޭންޑް (އުމުރު: 18 އަހަރާއި 141 ދުވަސް)

(ސްވިޓްޒަލޭންޑް 1-3 ފްރާންސް) ޔޫރޯ 2004

ޔޫރޯގައި ކުޅުނު އެންމެ މުސްކުޅި ކުޅުންތެރިޔާ

ގަބޯ ކިރަލީ ، ހަންގޭރީ (އުމުރު: 40 އަހަރާއި 86 ދުވަސް)

(ހަންގޭރީ 0-4 ބެލްޖިއަމް) ޔޫރޯ 2016

ޔޫރޯގައި ލަނޑު ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާ

އިވިކާ ވަސްޓިކް ، އޮސްޓްރިއާ (އުމުރު: 38 އަހަރާއި 257 ދުވަސް)

(އޮސްޓްރިއާ 1-1 ޕޮލެންޑް) ، ޔޫރޯ 2008

ޔޫރޯ ފުޓްބޯޅަ މުބާރާތުން އެންމެ ގިނަ ފަހަރު ޖާގަ ހޯދި ގައުމު

ޖަރުމަނު (13 ފަހަރު)