ސްރީލަންކާ ކައިރިން އަނެއްކާވެސް އާގު ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ރިޕޯޓް ކޮށްފިއެވެ. އެމްއެސްސީ މެސިނާ ކޮންޓެއިނާ ބޯޓްގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން ރިޕޯޓް ކޮށްފައި ވަނީ އިއްޔެ ކަމަށް މެރިޓައިމް ބުލެޓިން އިން ރިޕޯޓް ކުރެއެވެ. މި ހާދިސާ ހިނގީ ސްރީލަންކާއާއި މަލަކާ ކަނޑު އޮޅިއާ ދޭތެރޭ މެދުގައެވެ.

އަލިފާން ރޯވި އާގު ބޯޓަކީ ސިންގަޕޯރއިން ފުރައިގެން ސްރީލަންކާއަށް އަންނަ ބޯޓެއް ކަމަށް ސްރީލަންކާގެ ކަނޑުގެ ސިފައިން ވަނީ މިއަދު ޔަގީން ކޮށްދީފައެވެ.