ވީޑިއޯ ޙިއްސާ ކުރާ މީސްމީޑިއާ ވަސީލަތްކަމަށްވާ ޓިކްޓޮކް އިން މީހުންގެ ޒާތީ މަޢްލޫމާތުން ފައިދާ ނަގާފައިވާ ކަމަށް ބުނެ، ޓިކްޓޮކްއާ ދެކޮޅަށް 1.8 ބިލިއަން ޑޮލަރުގެ ދައުވާއެއް ވައްދައިފިއެވެ.
ޓޭކް ބެކް ޔުއަރ ޕްރައިވެސީ ނަމަކަށް ކިޔާ ޖަމާއަތަކުން ބުނެފައި ވަނީ ޓިކްޓޮކުން ނެދަރލެންޑްގެ 1.6 މިލއަނެއްހައި ކުޑަ ކުދިންނަށް ބަދަލު ދޭން ޖެހޭނެ ކަމަށެވެ. ކުޑަކުދިންނަށް ރައްކާތެރިކަން ލިބެން ޖެހޭނެކަމަށް ގާނޫނުގައި ބުރާއިރު، ކުޑަކުދިންގެ އަމަލުތަކުން ފައިދާ ނަގައިގެން ޓިކްޓޮކަށް ކޮންމެ އަހަރަކު މިލިއަނުން ފައިދާ ވާކަމަށް ކޮންސިއުމަރުންގެ ހައްގަށް މަސައްކަތް ކުރާ ޖަމުއިއްޔާއިން ބުނެއެވެ.
ޓިކްޓޮކްއަކީ ފުރާވަރަށް އަރާ ކުދިންނާއި ޒުވާނުންގެ މެދުގައި މަގްބޫލު އެޕެކެވެ.
މިކަމާ ގުޅިގެން ޓިކްޓޮކުން ބުނެފައި ވަނީ ކުންފުނިން ބޭރުންވެސް ތަޖުރިބާކަރުން ލަފާ ހޯދައިގެން ޓިކްޓޮކަކީ ރައްކާތެރި އެޕެއްކަމަށް ހެދުމަށް ކުންފުނިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ޓިކްޓޮކްގެ މައި ކުންފުނި ބައިޓްޑާންސުން ވަނީ އެމެރިކާގެ އިލިނޯއި ސްޓޭޓްގެ ޕްރައިވެސީ ގާނޫނާ ޚިލާފްވެގެން ކޮންސިއުމަރުންނަށް 92 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް އެއްބަސްވެފައެވެ.
ޔޫރަޕްގެ ޖަމާއަތުގައިވެސް ޓިކްޓޮކްއާ ދެކޮޅަށް ޝަކުވާތަކެއް ހުށަހަޅާފައި ވެއެވެ.