ހުޅުމާލެ އިން ކާރެއް ބަލައި ފާސްކޮށް ބަނގުރާ ދަޅުތަކަކާއެކު 2 މީހުން ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ފިރިހެނަކާއި، 40 އަހަރުގެ ފިރިހެނެއްކަމަށާއި، އެ ދެމީހުންނަކީވެސް ދިވެހިންންކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެއިން މާލެއަށް ބަނގުރާ އުފުލާކަމަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޓްރެފިކް ޕޮލިސް އާއި ހުޅުމާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން ކާރެއް ހުއްޓުވައި ބަަލައި ފާސްކުރުއިރު ކާރުގެ ޑިކީ ތެރޭގައި ހުރި ކޫލް ބޮކްސް އަކާ ދަބަހެއްގެ ތެރެއިން 72 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

އެ ކާރު ހުއްޓުވާ ބަލައިފާސްކޮށްފައިވަނީ ހުޅުމާލެ ކޭލިގެމަތަ ބަސް ސްޓޮޕް ކައިރިންކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.