އުރީދޫ ގްރޫޕްގެ ބްރޭންޑް އެމްބެސަޑަރ މެސީ އާއި އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސަޑަރ ޒުވާން މަސްވެރިޔާ ހިމަނައިގެން ކުންފުނީގެ ވަރުގަދަ ނެޓްވާރކް ދައްކުވައިދޭ ބައިނަލްއަޤުވާމީ ކެމްޕޭނެއް އިފްތިތާހު ކޮށްފިއެވެ.

މި ކެމްޕޭން އިފްތިތާހު ކޮށްފައިވަނީ އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ހާއްސަ ވީޑިއޯއަކުންނެވެ. މި އަހަރު ކުރީކޮޅު ޝޫޓް ކޮށްފައިވާ މި ވީޑިއޯގެ ޝޮޓްތައް ނެގުމަށް އުރީދޫ ޓީމާއެކު ޒުވާން މަސްވެރިޔާ ވެސް ވަނީ ދެކުނު އެފްރިކާއަށް ދަތުރުކޮށްފައި ކަމަށް އުރީދޫން މޯލްޑިވްސްއިން ވިދާޅުވިއެވެ.

ކެމްޕޭން އިޝްތިހާރުގެ ޔޫޓިއުބް ލިންކް: https://youtu.be/ctq1ZB0kCqQ

"އުރީދޫގެ އަމާޒާއި ތަސައްވުރާއި އެއްގޮތުގެ މަތިން، އުރީދޫ މޯލްޑިވްސްގެ ނެޓްވާރކް ވަރުގަދަކޮށް އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކާ ބޮޑެތި އިންވެސްޓްމެންޓްކޮށް ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ ޓީމުން މުޅި ރާއްޖޭގައި ގާއިމް ކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްވާރކް، މެސީ އަދި ސާޖިންއާއި ގުޅިގެން ދައްކުވައިދީ ތަމްސީލުކޮށްދޭ މި ކެމްޕޭނާއެކު ކުރިއަށް އޮތްތަނުގައިވެސް ޓެލެކޮމިއުނިކޭޝަންގެ އިޖާދީ އައު އުފެއްދުންތަކާއި ދިވެހިން ގުޅުވާލަދީ، ނެޓްވާރކް އިތުރަށް ވަރުގަދަކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި ހަމަ މި ފުރުސަތުގައި މެސީއަށް އަދި ސާޖިންއަށްވެސް، އަޅުގަނޑުމެންގެ މުޖުތަމައު ކުރިއެރުވުމަށް ހިންގާ ޕްރޮޖެކްޓްތަކުގައި ހިއްސާވެ ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާކުރަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް ފެށުނީއްސުރެ މިއަދާއި ހަމައަށް އައިއިރު މުޅި ރާއްޖޭގައިވަނީ ވަރުގަދަ ނެޓްވާރކެއް ގާއިމްކޮށް، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް އާންމުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފަސޭހަކަން ގެނެސްދީފައެވެ. ދުނިޔޭގައި ފާހަގަކޮށްލެވޭ ތަފާތު ޓެކްނޮލޮޖީ އާއި ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، މުޖުތަމައުގެ ތަރައްގީއަށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އުރީދޫ އިން ހަރަކާތްތެރިވެފައިވަނީ އެންމެ ކުރީ ސަފުގައެވެ. އޮގަސްޓް މަހު ކުރީކޮޅު، ކުންފުނީގެ 15ވަނަ އަހަރީ ދުވަސް ފާހަގަކުރިއިރު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް މެދުނުކެނޑި އިންވެސްޓްކޮށް، ނެޓްވާރކް ފުޅާކޮށް، ކުރިއަށްވުރެ އެތައް ގުނައެއް އިތުރު ކުރިއެރުންވަނީ ގެނެސްދީފައެވެ. މި ދާއިރާގައި އަބަދުވެސް އެންމެ ކުރީސަފުގައި ފާހަގަކުރެވޭ ކުންފުންޏަކަށް ވީ ހިނދު، އުރީދޫއިން މިފަހުން ވަނީ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތައް، ކުރިއަށްވުރެ އިތުރު ޑޭޓާ އެލަވަންސް އަދި އެތައް ގުނައެއް ހަލުވި ސްޕީޑް ހިމެނޭގޮތަށް ބަދަލުކޮށްފައެވެ.

މިއަދު އަޅުގަނޑުމެން ދިރިއުޅެނީ ކުރިން ކަންކަން ކުރަމުން އައި ގޮތް، އިންޓަނެޓްގެ ސަބަބުން ބަދަލުވެފައިވާ ޑިޖިޓަލް ދުނިޔެއެއްގައެވެ. އާންމު ދިރިއުޅުމުގެ ބަޔަކަށްވެފައިވާ އިންޓަރނެޓަކީ މިހާރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތައް ގުޅުވާލަދީ، މުޖުތަމައު ބިނާކޮށް، އިގްތިސާދީ ކުރިއެރުމާއި، އިޖްތިމާއީ ދުޅަހެޔޮކަން ގެނެސްދިނުމުގައި މުހިންމު ވަސީލަތެކެވެ. ދުނިޔެއަށް އަންނަ ކުރިއެރުންތަކާއި ރާއްޖޭގެ ރައްޔިތުން ގުޅުވާލަދީ، ދިވެހި މުޖުތަމައުގެ އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގައި އުރީދޫއިން އަބަދުވެސް ހަރަކާތްތެރިވަނީ އެންމެ ކުރީސަފުގައެވެ. އާ ޑިޖިޓަލް ޒަމާނަކާއި ކުރިމަތިލާއިރު، ރާއްޖޭގެ ރައްޔިތުންނަށް ޑިޖިޓަލް ދުނިޔޭގެ އެންމެހާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންމެ ރަނގަޅު ފެންވަރުގައި އިންޓަރނެޓް ޚިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް އުރީދޫން ވަނީ ވިދާޅުވެފައެވެ.