ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްކަމަށާއި، އޭނާއަށް އައިސީޔޫގައި ފަރުވާދެމުން އަންނަކަމަށް އައިޖީޢެމްޗުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެލިބުނު ޢުމުރުން 43 އަހަރުގެ އަންހެނަކަށް އައިސީޔޫގައި ފަރުވާދެމުން އަންކަމަށާއި، އޭނާ އޮތީ އޮކްސިޖަން ގުޅާފައިކަމަށެވެ.

ރޭ ބޮޑުތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ސަރަހައްދުން ދުއްވާފައިދިޔަ ސައިކަލެއްގައި، ފަހަތުން އައި ވޭނެއް ޖެހި ހިނގި އެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވެފައިވެއެވެ.

ފުލުހުން ވިދާޅުވި ރޭގެ އެކްސިޑެންޓް ތަޙްޤީޤްކުރަމުން އަންނަކަމަށާއި، އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.