ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އޭނާ 24 ގަޑިއިރު ބަންދުގައި ބެހެއްޓުމަށް އިއްޔެ ވަނީ ވަގުތީ އަމުރެއްވެސް ނެރެފަ އެވެ.

އޭނާގެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގް ކުރަމުން ނެވެ.