އިޓަލީގެ ރިމިނީގައި ކުރިއަށްދާ "ޓީ.ޓީ.ޖީ ޓްރެވަލް އެކްސްޕީރިއެންސް" ފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ބައެއް ކުންފުނިތަކުން ބައިވެރިވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވިފަހުން، ބޭރުޤައުމެއްގައި ކުރިއަށްދާ ފަތުރުވެރިކަމުގެ ފެއަރއެގައި ރާއްޖެއިން ޓީމެއްގޮސް ބައިވެރިވި ފުރަތަމަ ފެއަރއެވެ.

މިފެއަރގައި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ސަން ސިޔާމް ރިސޯޓްސް އަދި ވޮޔެޖަސް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައެވެ. މި ފެއާގައި ރާއްޖޭގެ ތަމްސީލުކުރާނީ 32 އަކަމީޓަރުގެ ސްޓޭންޑެއްގަގައި ރާއްޖޭ ގުދުރަތީ ރީތިކަން ދައްކައިދޭގޮތަށް ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތުދެއެވެ.

އިޓަލީގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއަރތަކުގެ ތެރޭގައި ހިމެނޭ މިފެއަރގައި މިދިޔަ އަހަރު 90އަށްވުރެ ގިނަ ޤައުމުން 2،131 އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.