ޕާކިސްތާންގެ ސިންދު ޕްރޮވިންސްގެ ގާނޫނު ހަދާ މަޖިލީހަށް އިދިކޮޅު ޕާޓީތަކުން ނިދާ އެނދުތައް ވައްދަން މަސައްކަތް ކޮށްފިއެވެ. އެ ޕްރޮވިންސްގެ އިދިކޮޅު ތަހުރީކޭ އިންސާފް ޕާޓީން ނިދާ އެނދުތައް ގެނެސްގެން ގާނޫނު ހަދާ މަޖިލީހަށް ވައްދުމުން ބުނެފައި ވަނީ މި ޕްރޮވިސްގައި ޑިމޮކްރެސީ ކަފުން ކުރެވިފައިވާކަން ދައްކައި ދޭން ބޭނުންވާ ކަމަށެވެ.

ބޮޑު ވަޒީރު ޢިމްރާން ޚާންގެ ތަޙްރީކޭ އިންސާފް ޕާޓީން އެނދުތައް ވައްދަން އުޅުމުން، ގާނޫނު ހަދާ މަޖިލީހުގެ ސެކިއުރިޓީން އެކަމަށް ހުރަސް އެޅުމުން އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ވަނީ އެމީހުން ގެންގުޅޭ ބެނާތަކާއެކުގައެވެ.

ތަހްރީކޭ އިންސާފް ޕާޓީން ބުނަނީ ސިންދު ޕްރޮވިންސްގައި އޮޑިޓް ރިޕޯޓްތަކާއި ސަރުކާރު ހިނގާ ގޮތުގެ ރިޕޯޓްތައް ގާނޫނު ހަދާ މަޖިލީހަށް އޭގެ ވަގުތުގައި ހުށަނޭޅޭ ކަމަށެވެ. އަދި ޕްރޮވިންސްގައި ވެރިކަން ކުރާ ޕީޕަލްސް ޕާޓީން ދަނީ ޕްރޮވިސް ލޫޓޫވަމުން ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ އެމީހުންގެ ބެނާތައް ހިފައިގެން މަޖިލިސް ރައީސްގެ މޭޒުކޮޅު ކައިރީގައި އިހުތިޖާޖު ކޮށްފައެވެ.