ޗައިނާ ވެކްސިން ޖެހި ބައެއް ގައުމުތަކުގައި ކޮވިޑް19 ފެތުރޭކަމަށް ރިޕޯޓް ކޮށްފިއެވެ. މިހަތަރު ގައުމުތަކަކީވެސް ޗައިނާ ވެކްސިން ކުރިން ޖަހައިގެން ރިކޯޑް ހަދާފައިވާ ގައުމުތަކެވެ.
ސީޝޭލްސް:
ސީޝޭލްސްއަކީ ވެކސިން ޖެހުމުގައި ދުނިޔޭގައި ރެކޯޑް ހަދައިގެން ސީއެންއެން އިންވެސް އެޚަބަރު ގެނެސްދީފައިވާ ގައުމެކެވެ. އަދި ސީޝޭލްސްގެ ރައީސް ވަނީ ރާއްޖެއާއި އޭނާގެ ގައުމާއި އަޅައިކިޔައި ރާއްޖޭން ފައްސިވާ ނިސްބަތް އިތުރު ކަމަށާއި އޭނާގެ ގައުމުގެ ފައްސި ނިސްބަތް ދައްކަމަށް ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ އޭނާ އެކޭ އެއްފަދައިން ރައްޔިތުން ޖަހައިފައި ވަނީ ސައިނޯފާމް ވެކްސިންއެވެ. އެ ގައުމުގެ އާބާދީގެ 73 އިންސައްތަ މީހުނަށް ވެކްސިންގެ ފުތަމަ ޑޯޒް ދީފައި ވެއެވެ. އަދި 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ހުރިހައި ޑޯޒެއް ފުރިހަމަ ކޮށްފައެވެ.
ޖޯން ހޮޕްކިންސް ޔުނިވަރސިޓީގެ ކޮވިޑް ރިސޯސް ސެންޓަރ ބުނާ ގޮތުން މިހާރު ދުވާލަކަށް 463 މީހުން ޕޮޒިޓިވްވެ، ފަސް މީހުން މަރުވަމުން ދެއެވެ. ނިއުޔޯރކް ޓައިމްސް ރިޕޯޓް ކުރިގޮތުގައި ސީޝެލްސްގައި ފައްސިވާ ނިސްބަތް ވަނީ 17 އިންސައްތައަށް އަރައިފައެވެ.
ބަހްރައިން:
ބަހްރައިންގެ 70 އިންސައްތަ މީހުންނަށް ވެކްސިންގެ އެއް ޑޯޒް ނަމަވެސް ޖަހައިފައި ވެއެވެ. 61 އިންސައްތަ މީހުން ވަނީ ދެ ޑޯޒް އެއްކޮށް ފުރިހަމަ ކޮށްފައެވެ. އެކަމަކުވެސް މިދިޔަ މަހުން ފެށިގެން ބަހުރައިންގެ ފައްސިވާ ނިސްބަތް އިތުރުވާން ފަށައިފައި ވެއެވެ.
ބަހްރައިންގައި ދީފައިވާ ވެކްސިންގެ ތެރޭން 60 އިންސައްތައަކީ ސައިނޯފާމް ވެކްސިންއެވެ. ސައިނޯފާމްގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް މިހާރު ބޫސްޓަރ ޑޯޒްއެއްގެ ގޮތުގައި ފައިޒަރ ދޭން ވަނީ ނިންމާފައެވެ.
ޗިލީ:
ޗިލީގެ އާބާދީގެ 63 އިންސައްތައަށް އެއް ޑޯޒް ނަމަވެސް ޖަހައިފައި ވެއެވެ. މިއިން 93 އިންސައްތަ މީހުންގެ ގަޔަށް ޖަހައިފައި ވަނީ ސައިނޯވެކްގެ ކޮރޯނާވެކް ވެކްސިންއެވެ. އެކަމަކުވެސް ޗިލީގައި މީހުން ފައްސިވާ ނިސްބަތް އުޅެނީ މަތިކޮށެވެ. ޑޮކްޓަރުން ބުނަނީ ބްރަޒީލުން ފެނުނު ގާމނާ ވެރިއެންޓް ޗިލީ ތޮރުފަމުން ދަނީ ކަމަށެވެ.