އަބޫދާބީގައި އިޒްރޭލުގެ އެމްބަސީ ހުޅުވައިފިއެވެ. މި އެމްބަސީ ހުޅުވާފައި ވަނީ ޔޫއޭއީއަށް ވަޑައިގެން އުޅުއްވާ އިޒްރޭލުގެ ޚާރިޖީ ވަޒީރު ޔާއީރް ލިބިޑްއެވެ. މިމުނާސަބާގައި ޔޫއޭއީގެ ކަލްޗަރ މިނިސްޓަރ ނޫރާ އަލްކަޢްބީވެސް ބައިވެރިވެ ވަޑައިގަތެވެ.
ލިބިޑް ވިދާޅުވިގޮތުގައި މި ދަތުރުގައި ޑުބާއި ގައިވެސް އިޒްރޭލުގެ ކޮންސިއުލޭޓެއް ހުޅުވާނެ ކަމަށެވެ.
ލިބިޑްއަކީ މިހާރުގެ ޔަހޫދީ ބޮޑު ވަޒީރު ނެފްތާލީން ބެނެޓްގެ ދެ އަހަރުގެ ބޮޑުވަޒީރު ކަމަށް ފަހު ދެން ވެރިކަން ކުރައްވާނެ ބޮޑު ވަޒީރެވެ.