އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގެއްލުންތައް ލިބިފައި ވުމާ ގުޅިގެން އެދާއިރާގެ ފަރާތްތަކަށް ހިތްވަރު ދިނުމަށް އިންޑިއާއިން އައު ލޯން ސްކީމެއް ތައާރަފް ކޮށް އިއްޔެ ހުޅުވާލައިފިއެވެ. މި ސްކީމުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ފަސޭހަ ގޮތަކަށް ލޯން ދިނުން ހިމެނެއެވެ. އަދި މީގެ ތެރޭގައި ސިއްޙީ ދާއިރާވެސް ހިމަނާފައި ވެއެވެ.

އިންޑިއާއިން ނިންމާފައި ވަނީ އެންމެ ފުރަތަމަ އިންޑިއާއަށް ފަތުރުވެރިންގެ ގޮތުގައި އަންނަ ފަސް ލައްކަ ފަތުރު ވެރިންނަށް ހިލޭ އެއް މަސްދުވަހުގެ ވިޒާ ދިނުމަށެވެ.