ލޯންޗެއްގައި ހުރި މީހަކަށް ޞިއްޙީ މައްސަލައެއް ދިމާވެގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް އެންއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލެއަތޮޅު ފިހާޅޮހި އައިލެންޑް ރިޒޯޓު ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއްގައި ހުރި އުމުރުން 36 އަހަރުގެ މީހަކަށް ޞިއްޙީ ކުއްލި މައްސަލައެއް ދިމާވެގެން އެމީހާއަށް އަވަސް ފަރުވާދިނުމަށް މާލެ ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މ މީހާ މާލެ ގެނައުމަށް އެމްއެންޑީއެފް މާލެ އޭރިޔާގެ ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ އިރު އެސަރަހައްދުގައި ދޯންޏެއް އިންޖީނު ހުއްޓި ދިޔަވާތީ މިއަދު 7:33 ހާއިރު ކުރި ރިޕޯޓަކާ ގުޅިގެން އެމްއެންޑިއެފުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

8 މީހުނާއެކު މ.ކޮޅުފުށިން ތ. ވިލުފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފަށް ރިޕޯޓުކުރުމުން އެމްއެންޑިއެފްގެ އެހީތެރިކަމާއެކު އެދޯނި މިހާރުވަނީ ކޮޅުފުއްޓަށް ގެންގޮސްފައެވެ.