ޕާކިން މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި މާލޭގައި ޕާކުކުރެވޭނެ 4 ބުރީގެ ޢިމާރާތެއް އަޅަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

އެމިނިސްޓްރީން ބުނީ މާލެއަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް 7 އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި 4 ބުރީގެ އިމާރާތެއް ޕާކިން ކުރުމަށް މާލޭގައި އަޅާނެ ކަަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ޓްރާންސްޕޯޓް މިނިސްޓްރީ ޙާޒިރުކުރުމުން ،މެމްބަރުންކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް ޢަލީ ވިދާޅުވީ، މާލޭގަި މަލްޓިސްޓޯރީ ބިލްޑިންގ ތަކެއް ނުވަތަ ޢިމާރަތްތަކެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މާލޭގެ 2 ސަރަޙައްދެގައި ޕާކިން ޢިމާރަތްތަކެއް އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

އަދި މިއަހަރު ހީނާމާގޭ ގައި ފުރަތަމަ ޢިމާރާތް ޢަލާނެކަމަށާ މުޅި މަޝްރޫޢުގެ ދަށުން މާލޭގެ 7 ސަރަޙައްދެއްގައި ޕާކުކުރެވޭނެ ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާކަން ޝިމާޒް ފާހަގަކުރެއްވިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޕާކް ކުރުމަށްޓަކައި އެކާވީސް ސަރަޙައްދެއްގައި ޕާކިންގ ބިލްޑިންގ އެޅުމަށް ކަނޑައަޅާފައިވާކަމަށާ ޕާކިން ބިލްޑިންގތަކާއި ޕާކިން ޒޯންތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށް މާލޭސިޓީ ކައުންސިލުން ވަނީ މީގެ ކުރިން ބުނެފައެވެ.