ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު ރާއްޖެ އައުމުން ހައްޔަރުކުރި 34 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް ހަތް ދުވަސް ދީފި އެވެ.

ފުލުހުން ބުނީ މި މީހާގެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ކުރަމުންދެެއެވެ. ފުލުހުންވަނީ ރޭގެ ވަގުތެއްގައި އެމީހާގެ ގެ ބަލައިފާސްކޮށްފައެވެ.

ސީރިއާ ހަނގުރާމައަށްދިޔަ ގިނަ އަދަދެއްގެ ދިވެހިން ވަނީ މަރުވެފައެވެ. ދިވެހިންގެ ތެރެއިން ހަނގުރާމަ އަށް ދިޔަކަމަށް ބުނާ 33 މީހުންގެ ނަން ހިމެނޭ ލިސްޓެއް ސޯޝަލް މީޑިއާގައި މީގެ ކުރިން ވަނީ އާންމުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ސިރިއާގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެ ގައުމުގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން ރާއްޖެ ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ހަނގުރާމައިގައި ބައިވެރިވުމަށް ފަހު އެނބުރި ރާއްޖެ އައި ބައެއް މީހުންގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. ނަމަވެސް ދައުވާ ސާބިތުވެ ހުކުމްކޮށްފައެއް ނުވެއެވެ.