އިންޑިގޯ އެއަރލައިނުން އިންޑިއާގެ މުމްބާއީ އާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ.
އެ އެއަރލައިނުން އިންޑިއާގެ މުމްބާއީއާ ރާއްޖެއާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރުމަށް ނިންމާފައިވާއިރު ދަތުރު ކުރަނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި އަދި އާދީއްތަ ދުވަހު އެވެ. އިންޑިގޯއިން ދަނީ މިހާރުވެސް އިންޑިއާގެ ކޮޗިން އާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެމެދު ހަފްތާއަކު ތިން ދަތުރުކުރަމުންނެވެ.
ކޯވިޑް-19އާ ގުޅިގެން އިންޑިގޯ އެއަރލައިން ރާއްޖެއަށް ބާއްވަމުން އައި ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ދަތުރުތައް ފަށާފައިވަނީ ސެޕްޓެމްބަރުމަހުގެ 3 ވަނަ ދުވަހުއެވެ.
ކޮވިޑް 19ގެ ހާލަތާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމާއެކު ގިނަ އެއަރލައިންތަކަކުންވަނީ ރާއްޖެއަށް ދަތުރުފަށާފައެވެ.