ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާތީ އައިޖީއެމްއެޗްގެ އޯޕީޑީ ހިދުމަތްތައް އަލުން ފަށަން ނިންމައިފިއެވެ.
އައިޖީއެމްއެޗުން ބުނީ މާދަމާއިން ފެށިގެން ހުރިހާ ޑިޕާޓްމެންޓަކުން ވެސް ބަލިމީހުން ހޮސްޕިޓަލަށް ގެންގޮސްގެން ހިންގާ އޯޕީޑީތައް ފަށާނެ ކަމަށެވެ. އަދި ފިޒިއޯ ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކާއި ކުރިން އޮންލައިންކޮށް ދެމުންދިޔަ ސެންޓާ ފޯ މެންޓަލް ހެލްތުގެ ހިދުމަތް ވެސް ފަށާނެ ކަމަށެވެ.
ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ސެޝަންތައް ކުރިއަށް ގެންދިއުމާއި އަދި ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ދޭ ހިދުމަތްތަކާއި ލެބޯޓަރީ ހިދުމަތްތަކާއި ދުރާލާ ރާވައިގެން ކުރާ އޮޕަރޭޝަންތައް ވެސް މާދަމާއިން ފެށިގެން ކުރިޔަށް ގެންދާނެ އެވެ.