ކ. ގާފަރު ގެއަކުން ވަގަށް ނަގާފައިވާ 12،900 ރުފިޔާއަށް ވުރެ ގިނަ ފައިސާތައް ހޯދައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅީގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ގާފަރު ގެއަކުން 12،995 ރުފިޔާ ވަގަށް ނަގާފައިވާކަމަށް އޮކްޓޫބަރު 13 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ވަގަށް ނެގި ފައިސާތައް ފެނިފައިވަނީ އެމީހާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމުގެ ތެރެއިންނެވެ.

ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 15 ވަނަ ދުވަހުގެ ވަގުތެއްގައި އެމީހާ ވަނީ ހައްޔަރުކޮށްފައެވެ.

އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މިމައްސަލަ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ