ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ އަދި ވ.ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ ވ.ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. ވ.ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިލްވަރ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.
ވ.ރަކީދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ދެމިލިއަން އަށްލައްކަ ނުވަދިހަ ދެހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ ފަސްދޮޅަސް ހަ ލާރި އަށެވެ. ވ.ތިނަދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްމިލިއަން ތިންލައްކަ ސާޅީސްހާސް ހަސަތޭކަ އަށްޑިހަ އެއް ރުފިޔާ އަށްޑިހަ އެއް ލާރި އަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުން ތަކުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ހަސަން މުހައްމަދު ތަވީލެވެ. ސިލްވަރ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު އަމީން އިބްރާހީމެވެ.