ރާއްޖޭގެ މަސްވެރިން ބާނާ މަސް ލަންކާއަށް އެކްސްޕޯޓްކުރުމުގައި އެއްވެސް ހިފެހެއްޓުމެއް ނެތް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ލަންކާއަށް އެކްސްޕޯޓްކުރުމާ ގުޅޭގޮތުން ލަންކާގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރ ޝާހިދު ވަނީ ލަންކާގެ ފޮރިން މިނިސްޓަރ ގިނޭސް ގުނަވަދަނައާއި ލަންކާގެ ފިޝަރީޒް މިނިސްޓަރ ޑޮގްލަސް ޑެވަނަންދައާއި އެޤައުމުގެ ފިނޭންސް މިނިސްޓަރ އަޖިތް ނިވާޑްއާއި ބައްދަލުކުރައްވާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއިން ލަންކާ އަށް މަސް އެކްސް ޕޯޓް ކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ފޮރިންގް މިނިސްޓަރ ވިދާޅުވެފައިވާ އިރު ލަންކާ އަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ޤައުމުކަން ފާހަގކޮށްލެވެއެވެ.