ތ.ކަނޑޫދޫ ސްކޫލުގައި އިމާރާތްކުރާ 03 ކްލާސްރޫމްގެ ނުނިމިހުރި މަސައްކަތް ނިންމަން ކުންފުންޏަކީ ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ކުރައްވައިފިއެވެ.
މި މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅުއްވާފައިވާ އަގަކީ އެއްމިލިއަން އެއްލައްކަ ސާޅީސް ހަ ހާސް ހަތްސަޔޭކަ ރުފިޔާ ހަތްދިހަ ނުވަ ލާރިއެވެ. މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އަބްދުﷲ ސައީދެވެ.