ޕާކިސްތާންގެ މީޑިއާގެ މިނިވަންކަމާ ބެހޭ ގޮތުން ބޭރުގެ ފަރާތްތަކުން ޝާއިއުކޮށްފައިވާ ރިޕޯޓަކީ ޕާކިސްތާންގެ ތަހްރީކޭ އިންސާފް ޕާޓީގެ ވެރިކަމަށް ކޮށްފައިވާ ޙުކުމެއް ކަމަށް ޕާކިސްތާން މުސްލިމް ލީގް ނަވާޒްގެ ތަރުޖަމާން މަރްޔަމް އައުރަގަޒޭބް ވިދާޅުވެއެވެ.
އޭނާ ވިދާޅުވީ އިމްރާން ޚާންގެ ސަރުކާރަކީ، މީޑިއާގެ މިނިވަންކަން ކޮންޓްރޯލް ކުރުމުގައި ޕާކިސްތާންގައި އިސްވެ ގޮސްފައިވާ އަސްކަރީ ސަރުކާރުތަކަށް ވުރެން އެއް ދަރަޖަ ކުރީގައި އުޅޭ ސަރުކާރެއް ކަމަށެވެ. އަދި ޕާކިސްތާން ސަރުކާރާ ބެހޭ ގޮތުން ނެރެފައިވާ ރިޕޯޓްތަކުން އިމްރާން ޚާންގެ ސަރުކާރުގެ ޚުދު މުޚުތާރުކަން އެނގިފެންނާން އޮތް ކަމަށެވެ.
ހިއުމަން ރައިޓްސް ވޮޗްއާއި ޕާކިސްތާން ޕްރެސް ފްރީޑޮމް ރިޕޯޓާއި ފްރީޑޮމް ނެޓްވަރކް ރިޕޯޓް އިން ނެރެފައިވާ ރިޕޯޓްތަކުގައި ބުނެފައި ވަނީ އިމްރާން ޚާންގެ ސަރުކާރު ވަރުގެ މީޑިއާގެ މިނިވަންކަމާ ދެކޮޅަށް މަސައްކަތް ކުރާ ސަރުކާރެއް ޕާކިސްތާން ތާރީޚް ދެކެފައި ނުވާ ކަމަށެވެ.
މަރްޔަމް އައުރަނގަޒޭބް ވިދާޅުވިގޮތުގައި ޕާކިސްތާންގެ ސަރުކާރުން ކަން ކުރާ ގޮތުން ބޭރު ދުނިޔޭގައި ޕާކިސްތާނަށް ލިބިގެން ދަނީ ހުތުރު ނަމެކެވެ.