ކ. ތިލަފުށީ ހާބަރ ރިހެބިލިޓޭޓްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި ިމަޝްރޫޢުގެ ދަށުން ވަރކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓާއި ހެވީ ވެހިކަލް ޕާރކް ކުރާނެ ސަރަޙައްދެއް ހެދުމުގެ މަސައްކަތުގެ 70 ޕަސެންޓް ވެސް ނިމިފައިވާ ކަމަށެވެ.

135.7 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށްޓަކައި އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ފެން ރައްކާކުރާ ތަނެއް ޤާއިމުކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ވެހިކަލް ޕާރކް ކުރާ ތަނެއް ޤާއިމުކުރުމާއި، ވަރކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަންއެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.