ފާއިތުވި 24 ގަޑި އިރު ރާއްޖެއިން އިތުރު 139 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެގޮތުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަހައްދުން 26 މީހުންނާއި އަތޮޅުތަކުން 81 މީހުންނާއި ރިސޯޓަކުން 8 މީހުން ނެވެ. އަދި ލައިވް ބޯޑުތަކުން 2 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން 22 މީހުން ނެވެ.

މިއާއެކު 74،724 މީހުންނަށް ކޮވިޑު ޖެހިފައިވާ އިރު، 71،567 މީހުން ވަނީ ރާއްޖެއިން މިބަލީގައި ރަނގަޅުވެފަ އެވެ.

22 މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާއިރު، މި ބަލީގައި ރާއްޖެއިން ވަނީ 213 މީހުން މަރުވެފަ އެވެ.