މަރާލާފައި އޮތްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފްގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އުމުރުން 17 އަހަރުގެ ކުއްޖާގެ ބަންދު އިތުރުކޮށްފިއެވެ.

ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށްފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ.

ކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، އެ ކުއްޖާގެ ބަންދަށް އިތުރު 13 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައެވެ.