އިންޑިއާގެ އަސްކަރީ މަނަވަރު "ޝަރްދާ" މިއަދު ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑްޑީއެފް އިން ބުނެފައިވަނީ މިއަދު ހެނދުނު އިންޑިއާގެ އަސްކަރީ މަނަވަރު "ޝަރްދާ" ރާއްޖެ އައީ އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހިރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް "އެކްސް އެކަތަ 4" ނިންމުމުގައި ބައިވެރިވުމަށްކަމަށެވެ.

އެ މަނަވަރު ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށްވެސް އެމްއެންޑްޑީއެފް އިން ހާމަކުރެއެވެ.