ފޮޓޯގައި އެވަނީ ހއ. ދިއްދޫ، ސްނޯވިލާ، ޢުމުރުން 32 އަހަރުގެ އިބްރާހީމް ހަލީލް، އެވެ.

ފުލުހުން ބުނީ އޭނައަކީ އެކި ދުވަސް މަތިން ތަފާތު ފިހާރަތަކުން، ވިޔަފާރި ކުރުމަށް ފަހު ސައްހަ ނޫން ޓްރާންސެކްޝަން ސްލިޕް ފޮނުވާ މައްސަލައެއްގެ ތަހުގީގަށް ބޭބުން ވާ މީހެއް ކަމަށެވެ.

އެހެން ނަމަވެސް އޭނާ ދިރިއުޅޭ ވަކި ތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރު ކުރެވުފައި ނުވާ ކަމަށާއި އެހެން ކަމުން، މި މަހުގެ 15 ވަނަ ދުވަހު 16:00 އަށް ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފަ އެވެ.