ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި އެވެ.

ގ. އައިފާ، ހުސައިން ނިޔާޒީއަށް ރުހުން ދިނުމާ މެދު މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ނިޔާޒީ އަށް ރުހުން ދޭން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުން ނެވެ.

އޮޑިޓަ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވެމުން ނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ، އެމްއެމްޕިއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ތަހުގީގަށް އެއްބާރުލުން ދޭން ކަމަށް ވިދާޅުވެ އެވެ.

ނިޔާޒީ އެސިސްޓެންޓް އޮޑިޓަރ ޖެނެރަލްގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 20 ޑިސެމްބަރު 2011 ގައެވެ.